N/A
N/A
ހަބަރު 13 Jan 2019 | 02:38

"ރަޝްފޯޑަށް ހެރީ ކޭންއައި އެއް ފެންވަރަކަށް ދެވިދާނެ"

މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑަށް ޓޮޓެންހަމްގެ ތަރި ހެރީ ކޭންއައި އެއް ފެންވަރަކަށް ދެވިދާނެ ކަމަށް ޔުނައިޓެޑުގެ ކެއާ ޓޭކާ މެނޭޖަރ ޝޯލްޝާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް އަދި ޓޮޓެންހަމް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޝޯލްޝާ ބުނީ ހެރީ ކޭންއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށައި އެ ހިސާބަށް ވާސިލްވުމަށް ރަޝްފޯޑުގެ ޕޮޓެންޝިއަލް ހުރި ކަމުގައެވެ.

ޔުނައިޓެޑް އަދި ޓޮޓެންހަމް ލީގުގައި މިރޭ ބައްދަލުކުރާ މެޗުގައި ފޯމުގައި ތިބި ރަޝްފޯޑް އަދި ހެރީ ކޭން އެ ކުޅުންތެރިންގެ ޓީމުގެ ފުރަތަމަ އެގާރައިން ފެނުން ވަރަށް ގާތެވެ. ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ.

އިދިކޮޅު ޑިފެންޑަރުން ބިރު ގަންނަވަރުގެ ބާރު ދުވެލި ރަޝްފޯޑްގެ ހުންނަ ކަމަށައި ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނާވަނީ ހަށިގަނޑު ވަރުގަދަކޮށް އިދިކޮޅު ހާފްތެރޭ ގިނަވަގުތު ބޯޅަ ގެންގުޅެން ދަސްކޮށްފަކަމަށްވެސް ނޯވޭއަށް ނިސްބަތްވާ ޝޯލްޝާ ބުނެފައިވެއެވެ.

އުމުރުން 21 އަހަރުގެ ޝޯލްޝާވަނީ މި ސީޒަނުގައި ޔުނައިޓެޑަށް 7 ލަނޑު ކާމިޔާބުކޮށްދީފައެވެ. ރަޝްފޯޑަށްވުރެ ގިނައިން ޔުނައިޓެޑަށް މި ސީޒަނުގައި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ހަމައެކަނި މާޝިއަލް، ލުކާކޫ، އަދި ޕޮގްބާއެވެ.

ޝޯލްޝާ ޔުނައިޓެޑައި ހަވާލުވުމަށްފަހު އޭނާ ރަޝްފޯޑްގެ ބޭނުން ބޮޑަށް ހިފަމުން އަންނަނީ ސެންޓްރަލް ސްޓްރައިކަރެއްގެ ގޮތުގައެވެ. ޝޯލްޝާގެ އިރުޝާދުގެ ދަށުން ރަޝްފޯޑް މިހާތަނަށް ފަސް މެޗުގައި ތިން ލަނޑު ޖަހާފައިވާއިރު މޮރީނިއޯގެ ބެލުމުގެ ދަށުން ރަޝްފޯޑަށް 22 މެޗުން ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ލަނޑެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...