ޔޫތު މިނިސްޓްރީން ވަޒީފާއަށް އަލަށް ނިކުންނަ ޒުވާނުނަށް ހާއްސަކޮށް، ވަރކްޝޮޕެއް ބާއްވަނީ!
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
މިނިސްޓްރީ އޮފް ޔޫތު، އިންފޮމޭޝަން އެންޑް އާޓްސްއިން ވަޒީފާއަށް އަލަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްގެން "ތައްޔާރުވަމާ" ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ހެނދުނު 9:30 އިން ހަވީރު 5:30 އަށް، އެއް ދުވަހުގެ މުއްދަތަށެވެ. 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޭޕްރީލްގެ ކުރިން ނަން ހުށަހަޅަންޖެެހެއެވެ.
މިފަދަ ވޯކްޝޮޕްތައް މީގެ ކުރިންވެސް މި ވުޒާރާއިން ވަނީ ބާއްވާފައެވެ. އަދި އޭގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ. މި ފަހަރުގެ ވަރކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް