ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ޝަމީމް ކުރިމަތިލައްވައިފި
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް ކުރިމަތިލައްވައިފިއެވެ.
މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވެފައިވާއިރު، ޝަމީމްގެ އިތުރުން ދެފަރާތެއް ވަނީ އެމަގާމަށް ކުރިމަތިލާފައެވެ. އެނގިފައިވާ ގޮތުގައި އެއީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހުމަދު ޒަނީނެވެ.
ޕީޖީގެ މަގާމަށް މީހަކު އައްޔަންކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.
އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި މަގާމުން އިސްތިއުފާދެއްވާފައެވެ. އެކަމަނާ އެ މަގާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިތުބާރުނެތްކަމުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް