އެސްއެމްއީ ބޭންކު ހިންގުމުގެ ހުއްދަ ދީފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކު ހިންގުމުގެ ލައިސަންސް ދީފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއެމްއީ ބޭންކަކީ 100 ޕަސެންޓު ސަރުކާރުން ހިއްސާވާ ބޭންކެއް ކަމުގައެވެ.
އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގާ މި ބޭންކަކީ އިގްތިސޯދު ކުރިއެރުވުމަށް ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ފަސޭހަކަމާއިއެކު ލޯން ލިބުމަށް މަގުފަހިވެގެންދާނެ ބޭންކެއްކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އަދި މި ބޭންކް މެދުވެރިކޮށް މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ އޮތޯރިޓީން ދެކޭ ކަމަށްވަނީ ބުނެފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ކޮންމެ ސިޓީ ކައުންސިލަކަށް %5 ހިއްސާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް