ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި
ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ފުލުހުންގެ އިދާރާގެ ސިވިލް މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނެފައިވާ ވޮތުގައި 29 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މާޗް މަހުގެ 4 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ލަންކާ މަގުން ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައި އިރު އެ ފިރިހެންމީހާ ގެނައި ފޮށިގަނޑެއް ކަސްޓަމުން ޗެކްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 24 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހަމަ މި މައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ. އޭނާ ވެސް ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް