ރައީސް ޔާމީން ތާއިދުކުރައްވަނީ އަލްހާންއަށް: ފައިސަލް
މިވަގުތު ޖަލުބަންދުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރިހަމަ ތާއިދު، އަލްހާން ފަހުމީއަށް އެބައޮތްކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ ފުރިހަމަ ތާއިދު އަލްހާން ފަހުމީއަށް އެބައޮތްކަމަށެވެ. ފައިސަލްވަނީ އަލްހާނަށް ނިސްބަތްކުރައްވާ މިވަރުގެ ފުރިހަމަ ކެނޑިޑޭޓެއް ނުލިބޭނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ފައިސަލްވަނީ ރައީސް ޔާމީންގެ ނަންފުޅުގައިކަމަށްބުނެ ހެންވޭރު އުތުރަށް ލާފައިވާ ފަރާތްތަކަކީ ރައީސް ޔާމީންގެ ހަގީގީ ތާއިދު ނެތްފަރާތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަހަރުގެ މަޖިލިސް އިންތިޚާބަށް އެންޑޯޒްކުރި ފަރާތްތަކުގެ ތެރޭގައި އަލްހާން ފަހުމީ ހިމެނިކަން ވަނީ އިއުލާންކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް