ިއިންޑިޔާއާއި ރާއްޖެއިން އެއްބަސްވުންތަކުގައި ސޮއިކޮށްފި
އިންޑިޔާއާއި ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކާއި މެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި ދެގައުމުގެ އިސްވެރިންގެ ކުރިފުުޅު މަތީގައެވެ.
އެގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކަކީ ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖެއާ އިންޑިއާއާ ދެމެދު ކާގޯ އަދި ފެސިންޖަރ ފެރީގެ ނިޒާމު ގާއިމް ކުރުމާއި، ކަސްޓަމްސްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުންތަކެކެވެ.
މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުން ޓްރެއިން ކުރުމާއި ފަންނީ ގާބިލްކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކަކީ ދެގައުމުގެ މެދުގައި ކުރެވުުނު މަޝްވަރާތަކަކަށްފަހު އެކުލަވާލެވުނު އެއްބަސްވުންތަކެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް