ޕީޕީއެމް ގެ ނިންމުން: ހުކުމް ބަލައިގަނަން، ދެންވެސް ތިބޭނީ ރައީސް ޔާމީނާއެކު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ އިންތިހާބް ބާތިލް ކުރެވޭ ވަރަށް ހެކިނެތުމުން ބަތިލް ނުކުރުމަށް ކުރި ހުކުމް ޕީޕީއެމް އިން ޤާބޫލުކޮށް ޕީޕީއެމް ގެ ލީޑާރސިޕްގެ ބޭފުޅުން ޓުވީޓް ކުރައްވައިފިއެވެ.

އެގޮތުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމް އިން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި އެ ހަގީގަތާއެކު ޕާޓީ ކުރިޔަަށް ދާނެ ކަމަށާއި ދެންވެސް ހުންނަވާނީ ރައީސް ޔާމީން އާއެކު ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލްގެ އިތުރުން ޕިޕީއެމްގެ ނައިބް ލީޑަރ އަބްދުރަހީމް ކުރި ޓުވީޓުގައި ވެސް ރައީސް ޔާމީނާއެކު ހުންނަވާނެ ކަމުގެ ވަނީ ވިދާޅުވެފައެވެ. އަބްދުރަޙީމަކީ ރައީސް ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ ޕީއޭ އިން ފެށިގެން އެމަނިކުފާނާއެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް