ލަންކާގެ ދެހިވަލަ ސަރަހައްދުގައި ގޮވުމެއް ގޮވައިފި
ސްރީލަންކާގެ ކޮޅުުނބުގައި ގިނަ އަދަދަކަށް ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުގައި ގޮވުމެއް ގޮވައިފިއެވެ.
ގޮވުމުގެ ހާދިސާ ހިނގާފައިވަނީ ދެހިވަލަ ޒޫ ރޯޑް ސަރަހައްދުގައެވެ.
އެ ސަރަަހައްދުގައި ގިނަ އަދަދަކަށް އެންބިއުލާންސާއި ފަޔަރ ޓްރަކްތައް ދަނީ ހަރަކާތްތެރިވަމުންނެވެ. މި ސަރަހައްދުގައި އުޅޭ ދިވެއްސަކުވެސް ވަނީ ގޮވުމެއްގެ އަޑު އިވުނުކަމަށް ބުނެފައެވެ.
މި ގޮވުން ހިނގާފައިވަނީ އެ ސަރަހައްދުގައި ހުރި ހޮޓަލެއްގައެވެ.
މި ހާދިސާގައި ދެމީހަކު މަރުވިކަމަށް ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް