ތަރިކައަށް ގެންލުން ދޭނަމަ ފިޔަވަޅު އަޅާނެ ގާނޫނެއް އެކުލަވާލަނީ
ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ދިވެހިންގެ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ގާނޫނެއް އެކުލަވައިލުމަށްޓަކައި އެޓާނީ ޖެނެރަލާ މަޝްވަރާކުރަމުން އަންނަ ކަމަށް ހެރިޖޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަނާއި އާއި ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ތަރިކައަށް ގެއްލުންދޭ މައްސަލައަށް ގާނޫނީ ހައްލު ހޯދުމަށްޓަކައި ބިލެއް ޑްރާފްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދަމުން އަންނަކަމަށެވެ.
އެގޮތުން ތަރިކަ ހިމާޔަތްކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަދަބުތައް ކަނޑައަޅަނީ ކޮން ގޮތަކަށްތޯ ބެލުމަށް އެޓާނީ ޖެނެރަލްއާއި މަޝްވަރާކުރައްވާފައިވާނެ ކަމަށްވެސް އެކަނާވަނީ ވިދާޅުވެފައެވެ.
ތަރިކައަށް ގެއްލުން ދޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅާނެ ބިލު ޑްރާފްޓްކުރާއިރު އެކަމަށް ކަނޑައަޅާ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާވެސް ހިމެނޭ ކަމަށާއި ތަރިކައަށް ގެއްލުންދޭނަމަ އަދަބު ލިބޭނެ ގޮތަށް ބިލް ޑްރާޓްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ
ޔުމްނާ ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދިވެހިރާއްޖޭގެ ހަ މިސްކިތެއް ހިމެނިފައިވާ ކަމަށެވެ. އަދި އެ ތަންތަން ވަގުތީ ލިސްޓުން ދާއިމީ ލިސްޓަށް އެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާމުން އަންނަ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް