ކެފޭ މާރާމާރީ އާއި ގުޅިގެން ނޭޕާލް މީހަކު ހައްޔަރު ކޮށްފި; އަނިޔާވި މީހާ އަދިވެސް އައިސީޔޫގައި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިމަހު 4 ވަނަ ދުވަހު މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ކެފޭގެ ކައްކާގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނޭޕާލު މީހާ ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ސިއްދާރުތާ ގުރުންގް (24އ) އެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދި މި މާރާމާރީގައި އަނިޔާވި، ކައްކާއަށް އަތްގާތްކޮށްދޭން މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހާއަށް އަދިވެސް އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން ގެންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް