ކުފުރުމަތީ މަރުވެފައިވާ މީހަކަށް ހެޔޮ ދުއާ ކުރުން ހުއްދައެއްނޫން: އިލްޔާސް
ކުފުރު މަތީގައި މަރުވެފައިވާ މީހަކަށް ހެޔޮ ދުއާ ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚު އިލްޔާސް މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތުމާ ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރައްވައި، އެތަނުގައި މޫނަށް އަތް އުފުލައި، ދުއާކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އިލްޔާސް މިއަދު ކ ުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޣައިރު މުސްލިމުން ރުއްސަން ދީނުގައި ހުއްދަ ނޫން ކަންތައްކޮށްފައި، ތިމަންނާ ލޯބިކުރަނީ އިސްލާމްދީނަށޭ ބުނިކަމުގައި ވިޔަސް، ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ، ކިތަންމެ ގާތް މީހަކަށްވިޔަސް ކުފުރުމަތީ މަރުވެފައިވާ މީހަކަށް ހެޔޮ ދުއާކުރުން އިސްލާމްދީނުގައި ހުއްދަވެގެން ނުވާކަމަށެވެ.
މަގްބަރާއަށް ޒިޔާރަތް ކުރައްވައި ނަޝީދުވަނީ، މެހެމާނުންގެ ފޮތުގައި ގާންދީއާ ގުޅޭ ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ލިޔުއްވާފައެވެ.
ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރައްވާ ދެ އަތްމައްޗަށް ނަންގަވައިގެން ރައީސް ނަޝީދު ދުއާ ކުރަންވަން ހުންނެވިއިރު، ނަޝީދުއާއެކު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް މޫނަށް އަތްއުފުލައި ދުއާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައިވަނީ އާންމުވެފައެވެ.
އެ ކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު،ބައެއް ދީނީ އިލްމުވެރިންވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް