ގެއްލުނު ޑިންގީއާއި އޭގައި ތިިބި މީހުން ސަލާމަތުން ފެނިއްޖެ
އދ.މާމިގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޑިންގީއާއި އޭގައި ތިބި މީހުން ފެނިއްޖެއެވެ.
ފުލުހުން ބުނީ މިރޭ 20:10ހާއިރު އެ ޑިންގީ ފެނިފައިވަނީ ފ.ހިމިތީގެ ތިން މޭލު ބޭރުން ސީ އެންބިއުލާންސްއަަކަށް ކަމަށެވެ.
އެ ޑިންގީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި، އެ ޑިންގީ ކަފުޖަހައިގެން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ޑިންގީ ގެއްލުނު އިރު އޭގައި ތިބީ ތިން ކުޑަކުދިންނާއި ފިރިހެނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް