ޖަލުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ނިޔާވެއްޖެ
ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޚާއްސައެހީއަށް ބޭނުންވާ މީހަކު ނިޔާވެއްޖެއެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ގަޒްލީ އަބްދުލްޤަފޫރެވެ. ގަޒްލީއަކީ ވާހަކަނުދެއްކޭ، އިވުމުގެ ހިއްސުން މަހުރޫމްވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ބުނީ މި ގައިދީ ނިޔާވެފައި ވަނީ ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލި ގޮތަކަށް ކަމަށެވެ.
މި ހާދިސާގެ މައުލޫމާތުތައް ފުލުހުންނާއި އެޗްއާރްސީއެމްއަށް ހިއްސާކުރެވިފައިވާނެކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ. މި ހާދިސާދަނީ ކަމާއިބެހޭ ފަރާތްތަކުން ތަހުގީގުކުރަމުންނެވެ.
ފާއިތުވި ދެއަހަރުން ފެށިގެން ޖަލުގައި ތިބޭ ގައިދީން މަރުވާ މިންވަރުވަނީ އިތުރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް