ޓްރާންސްޕޭރެންސީގެ އެންޓި-ކޮރަޕްޝަން އެޖެންޑާ އިބޫ އަށް ހުށަހަޅައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެންޓި ކޮރަޕްޝަން އެޖެންޑާ ހުށަހަޅުއްވައިފިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހަށް ޓްރާންސްޕޭރެންސީން އެކުލަވާލާފައިވާ އެންޓި ކޮރަޕްޝަން އެޖެންޑާ ހުށައެޅީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.
އަދި މިބައްދަލުވުމުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ނައްތާލުމަށް އަމަލު ކުރެވިދިދާނެ ގޮތްތަކާމެދު މަޝްވަރާކޮށްފައި ވެއެވެ.
ޓްރާންސްޕޭރެންސީން އެކުލަވާލާފައިވާ އެންޓި ކޮރަޕްޝަން އެޖެންޑާ ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ ގޮތުން އަދި ރާއްޖޭގައި ހިންގާފައިވާ ކަންތައްތަކާއި އެ ޖަމިއްޔާގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން މި އެޖެންޑާ އެކުލަވާލައިފައިވަނީ، މީޑިއާގެ މިނިވަންކަން ޔަގީންކުރުމާއި، ކޮރަޕްޝަން ފަދަ އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަންތަކުގެ މިނިވަން އިންސާފުވެރިކަން ޔަގީންކުރުމާއި، ރައްޔިތުންގެ މަޖިލީސް ހަރުދަނާކުރުން އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން ހިމެނޭހެން ޖުމްލަ 12 ނުކުތާއެއްގެ މައްޗަށެވެ.
ޓްރޭންސްޕޭރެންސީން ވިދާޅުވީ މިބައްދަލުވުމުގައި އިންތިހާބީ ރައީސް ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް އެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުމާއި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް