ނިމިދިޔަ ސެޕްޓެންބަރު މަހު މީރާގެ އާމްދަނީ އިތުރުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސެޕްޓެންބަރު މަހު 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުކަމަށް މީރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭރު ލިބުނު އާމްދަނީއަށްވުރެ 25.9 އިންސައްތަ އިތުރު އަދަދެކެވެ.
މިއަހަރުގެ މި މުއްދަތުގައި މި އަދަދު އިތުރުވެފައިވަނީ ލޭންޑް އެކުއިސިޝަން ކޮންވާޝަން ފީއާއި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުން ލިބުނު ކުލި އަދި އެހެނިހެން ވިޔަފާރީގެ ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ސެޕްޓެންބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމު ކުލިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް