މުސާރައިގެ ޝަކުވާތަކާއި އެކު ފަނޑިޔާރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
މުސާރައިގެ އޮނިގަނޑުގެ ޝަކުވާތަކާއި އެހެނިހެން ޝަކުވާތަކާއި އެކު ގިނަ އަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީއަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.
107 ފަނޑިޔާރުން ސޮއިކުރި އެ ޕެޓިޝަނުގައި ފަނޑިޔާރުން އެދިފައި ވަނީ ހަ ކަމަކަށް އެދިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަންތައްތައް ބެހިގެންވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ.
އެއީ މުސާރައާއި އިނާޔަތާ ބެހޭ ހަތަރު ކަމަކަމާއި މަގާމުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ބެހޭ ދެ ކަމެކެވެ.
މުސާރައާއި އިނާޔަތްތަކުގެ ބައިން ޕެޓިޝަންގައި ސޮއިކުރި ފަނޑިޔާރުން އެދުނު ކަންތައްތަކަކީ މުސާރަ ދިނުމުގެ އޮނިގަނޑު ބަދަލު ކޮށް، ބޯހިޔާވަހި ކަމަށް ފަހި ގޮތްތަކެއް އެކަށައަޅައި، މެޖިސްޓްރޭޓުންނަށް ކޯޓު ފަޓުލޫނު އެލަވަންސް ދިނުމުގެ އިތުރުން މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުމެވެ.
މަގާމުގެ ރައްކާތެރިކަން ކަށަަވަރު ކޮށްދިނުމަށް ފަނޑިޔާރުން އެދިފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހު އުވާލުމާއި ފަނޑިޔާރެއްގެ ނުރުހުމުގައި މަސައްކަތް ކުރާ ކޯޓު ބަދަލު ނުކުރުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ގެއްލޭނެ ގޮތަށް ގެނެވުނު އިސްލާހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް