މިފަހަރުވެސް މަޖިލީހަށް އެންމެ މަދުން ވަޑައިގެންނެވީ ސިޔާމް
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް އެންމެ މަދުން ހާޒިރުވެ ވަޑައިގެންނެވި މެންބަރަކަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް ވެވަޑައިގެންފިއެވެ.
މިއަދު އާންމު ކުރި ނިމިދިޔަ ދައުރުގެ ހާޒިރީ ރިޕޯޓުން ދައްކާގޮތުގައި ސިޔާމް މަޖިލީހުގެ 31 ޖަލްސާއަށް ވަޑައިގަނެފައެއް ނުވެއެވެ. އެބޭފުޅާ ހާޒިރުވެ ވަޑައިގެންނެވީ މަޖިލީހުގެ އެންމެ 16 ޖަލްސާއަށެވެ.
ސިޔާމް އަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައިވެސް ހާޒިރީ ދަށް މެންބަރެކެވެ.
ސިޔާމްގެ އިތުރުން މަޖިލީހަށް އެންމެ މަދުން ވަޑައިގެންފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ ދައުރުގައި މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި 28މެންބަރުން އެބަތިއްބެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް