ގޮނޑި ގެއްލުނު މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި މަޖިލީހުގެ ޓިކެޓް ދެނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދާދި ފަހުން އުވާލެވުނު އެންޓި-ޑިފެކްޝަން ގާނޫނުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވި މެންބަރުންނަށް، އަންނަ މަޖިލިސް އިންތިހާބުގައި ޕްރައިމަރީ އަކާއި ނުލައި މަޖިލީހުގެ ޓިކެޓް ދިނުމަށް އިދިކޮޅު އިއްތިހާދުން ނިންމައިފިއެވެ.
އިދިކޮޅު އިއްތިހާދުން މިހެން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ކޯލިޝަންގެ ހުރިހާ ބައިވެެރިންވެސް، 2019 ވަަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި، ގޮނޑި ގެއްލުނު މެންބަރުންނަށް ހަމަ އެ ގޮނޑިތަކަށް ޕްރައިމަރީ އަކާއި ނުލައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މިކަމާއި ގުޅޭގޮތުން ގޮނޑި ގެއްލުނު 12 މެންބަރުންނާއި ބައްދަލުކޮށް، ވާހަކަފުޅު ދައްކަވާފައިވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މީސްމީޑިޔާގައި ގިނަ ފަރާތްތަކުން ދަނީ މިއީ ޑިމޮކްރަސީގެ އުސޫލުތަކާއި ޚިލާފަށް ނިންމި، ނިންމުމެއް ކަމުގައި ބުނެ އެކަން މުރާޖައާ ކުރުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރުންގެ އަރިހުގައި އެދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް