އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި
ރޯދަ މަހާއި ދިމާކޮށް ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ހެޔޮ އަގުގައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ ހެޔޮ އަގުގައި މިބާވަތްތައް ވިއްކަން ފެށިއިރު ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް އެސްޓީއޯ އިން ހެޔޮ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ވިއްކައެވެ.
އެސްޓީއޯގެ ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 140 ރުފިޔާއަށް ވިއްކާއިރު އަލުވި ބަސްތާއެއް ވިއްކާނީ 180 ރުފިޔާއަށެވެ. އަދި 210 ބިސް ހިމެނޭ ބިސް ކޭހެއް 270 ރުފިޔާއަށް ވިއްކާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ފިޔާ، އަލުވި އަދި ބިސް އެސްޓީއޯގެ ސުޕާމާޓް މެދުވެރިކޮށް ވެސް ހެޔޮ އަގެއްގައި ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެެވެ.
އެގޮތުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް 7 ރ. އަށް، އަލުވި ކިލޯއެއް 8.50 ރ. އަދި ބިހެއް 1.50 ރ. ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް