ތާޖް އެގްޒޯޓިކާ ރިސޯޓްގެ މޫދު 5 ކޮޓަރި އަނދާ އަޅިއަށް
ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ.އެނބޫދޫ ފިނޮޅު) ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުންނާއި އެ ރިސޯޓްގެ ފަޔަރ ޓީމު ކުރި މަސައްކަތުން ނިއްވާލައިފިއެވެ.
މިހާދިސާގެ މަޢުލޫމާތު ފަތިހު 04:48 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އެ ރިސޯޓްގެ ފަސް މޫދު ކޮޓަރިއެއްގައި ރޯވި މި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މިއަދު ހެނދުނު 06:15 ހާއިރުއެވެ.
މިހާދިސާގައި މޫދުކޮޓަރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް