އިސްލާމްއާބާދުގައި ހުންނަ އިންޑިއަން ހައިކޮމިޝަން ދޮށުގައި ސެކިއުރެޓީ އޮފިސަރުންތަކެއް... ފޮޓޯ: އޭއެފްޕީ
އިސްލާމްއާބާދުގައި ހުންނަ އިންޑިއަން ހައިކޮމިޝަން ދޮށުގައި ސެކިއުރެޓީ އޮފިސަރުންތަކެއް... ފޮޓޯ: އޭއެފްޕީ
ދުނިޔެ 14 May 2025 | 14:57

އިންޑިއާ-ޕާކިސްތާން: ޑިޕްލޮމެޓުންތަކެއް ބޭރުކޮށްފި

އިންޑިއާއާއި ޕާކިސްތާނުން ދެގައުމުގައި ތިބި އަނެއް ގައުމުގެ ބައެއް ޑިޕްލޮމެޓުން ބޭރުވާން އަންގައިފިއެވެ.

މިކަން ފެށުނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަންގައި މަސައްކަތްކުރާ ޑިޕްލޮމެޓަކުން އެގައުމު ދޫކޮށް ދިއުމަށް އިންޑިއާއިން އެންގުމުންނެވެ. ރަސްމީ މަސައްކަތުން ބޭރުން ހަރަކާތްތެރިވާކަމަށް ބުނެ އިއްޔެ އިންޑިއާއިން ވަނީ ޕާކިސްތާނުގެ އެ ޑިޕްލޮމެޓަށް ގައުމުން ބޭރުވާން 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެހެންނަމަވެސް އެއީ ކޮން އޮފިޝަލެއްކަމާއި، އޭނާއާއިމެދު ކުރެވެނީ ކޮން ތުހުމަތެއްކަން އިންޑިއާއިން ހާމައެއް ނުކުރެއެވެ.

އެއާއެކު މިއަދު ޕާކިސްތާނުން ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށްބުނެ އިންޑިއާގެ ޑިޕްލޮމެޓަކު 24 ގަޑިއިރު ތެރޭ އިސްލާމްއާބާދުން ދިޔުމަށް އަންގާފައެވެ. އަދި ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ހިންގުމާ ހަވާލުވެހުރި ޑިޕްލޮމެޓް ޕާކިސްތާން ފޮރިން މިނިސްޓްރީއަށް މިއަދު ހާޒިރުކޮށް، އެކަމާ ގުޅޭ ގޮތުން ޕާކިސްތާނުން ދެކޭ ގޮތް ހާމަކޮށްފައިވާނެކަމަށް ޕާކިސްތާނުން ބުނެއެވެ.

މީގެ ކުރިން ނެތް މައްސަލައެއް ކުއްލިއަކަށް ޕާކިސްތާނުން އެޅުމުން، މިއީ ޑިޕްލޮމެޓިކް އިމްތިޔާޒުގެ މައްސަލައަކަށްވުރެ ބޮޑަށް ބަދަލު ހިފުމުގެ އަމަލެއްކަމަށް މުރާސިލުން ސިފަކުރެއެވެ.

އެޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު އިންޑިއާއިން ވަނީ އެގައުމުގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، އެގައުމުގައި ތިބި ޕާކިސްތާނުގެ އަސްކަރީ އޮފިޝަލުން ގައުމު ދޫކޮށް ދިއުމަށް އަންގާފައެވެ. ރައްދުގައި ޕާކިސްތާނުންވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ޕަހަލްގަމްގެ ހަމަލާއާއި އޭގެ ބަދަލިހިފުމެއްގެ ގޮތުން އިންޑިއާއިން އޮޕަރޭޝަން ސިންދޫރްގެ ނަމުގައި ޕާކިސްތާނަށް ހަމަލާދިނުމާއި ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި
03 Nov 2026 ދުނިޔެ

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ޕާކިސްތާނުން ހަމަލާދެއް ދީފިނަމަ ދެން ރައްދު ދޭނީ ނޭވީއިން: އިންޑިއާ
31 May 2025 ދުނިޔެ

ޕާކިސްތާނުން ހަމަލާދެއް ދީފިނަމަ ދެން ރައްދު ދޭނީ ނޭވީއިން: އިންޑިއާ

ޕާކިސްތާނުން އިންޑިއާއިން ދެން އިތުރަށް ހަމަލާއެއް ދީފިނަމަ ރައްދުގައި އިންޑިއާ ކަނޑުގެ ސިފައިންގެ ހަތިޔާރުގެ ބާރު ދައްކާލާނެކަމަށް އިންޑިއާގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ދިފާޢީ ވަޒީރު ...

ޓެރަރިސްޓުންނާ އެމީހުންގެ ވާގިވެރިންނާ ތަފާތެއް ނެތް: އިންޑިއާ
27 May 2025 ދުނިޔެ

ޓެރަރިސްޓުންނާ އެމީހުންގެ ވާގިވެރިންނާ ތަފާތެއް ނެތް: އިންޑިއާ

ޓެރަރިސްޓުންނާއި، އެމީހުންނަށް ތާޢިދުކޮށް އެމީހުންނަށް ވާގިވެރިވާ މީހުންނާ ދެމެދު އެއްވެސް ތަފާތެއް ނެތްކަމަށާއި، ތަފާތު ނުވެސް ކުރާނެކަމަށް އިންޑިއާއިން ބުނެފިއެވެ. އޮޕަރޭޝަން ސިންދޫރަށްފަހު އެކިއެކި...

ޕާކިސްތާނު އަސްކަރިއްޔާގެ ސީރިއަސް ތުހުމަތެއް އިންޑިއާއަށް
18 May 2025 ދުނިޔެ

ޕާކިސްތާނު އަސްކަރިއްޔާގެ ސީރިއަސް ތުހުމަތެއް އިންޑިއާއަށް

ކަޝްމީރުގައި ހަމަނުޖެހުންތައް ހިންގަނީ އިންޑިއާއިންކަމަށް ތުހުމަތުކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އެޤައުމަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ. ޕާކިސްތާނު އަސްކަރިއްޔާގެ ޑިރެކްތަރ ޖެނެރަލް އިންޓ...

އޮޕަރޭޝަން ސިންދޫރަކީ، ޕާކިސްތާނުގެ ޓެރަރިޒަމް ބައްޔަށް ދިން ބޭހެއް: ރަޖްނާތު ސިންހް
15 May 2025 ދުނިޔެ

އޮޕަރޭޝަން ސިންދޫރަކީ، ޕާކިސްތާނުގެ ޓެރަރިޒަމް ބައްޔަށް ދިން ބޭހެއް: ރަޖްނާތު ސިންހް

މިދިޔަ މަހު ކަޝްމީރުގެ ޕަހަލްގަމްއަށް ޓެރަރިސްޓުން ދިން ހަމަލާގެ ރައްދުގައި ޕާކިސްތާނުގައި ހުރި އަމާޒުތަކަކަށް އިންޑިއާއިން ރައްދު ހަމަލާދިން އޮޕަރޭޝަން ސިންދޫރަކީ ޕާކިސްތާނުގައި އޮތް ޓެރަރިޒަމްގެ ބަލ...

ކަޝްމީރުގައި އަނެއްކާވެސް ހަނގުރާމަވެރިންތަކެއް މަރާލައިފި
15 May 2025 ދުނިޔެ

ކަޝްމީރުގައި އަނެއްކާވެސް ހަނގުރާމަވެރިންތަކެއް މަރާލައިފި

ހަނގުރާމަވެރިންކަމަށް އިންޑިއާއިން ތުހުމަތުކުރާ 3 މީހަކު އިންޑިއާ ސިފައިން ބަޑިޖަހާ މަރާލައިފިއެވެ. ޖައްމު އަދި ކަޝްމީރުގެ ޕުލްވަމާގައި އިންޑިއާއިން މަރާލާފައިވަނީ ޖައިޝޭ މުހައްމަދު ކިޔާ ހަނގުރާމަވެރި...

ޑްރޯންތަކަށް ހަމަލާދޭ މިސައިލް ސިސްޓަމެއް އިންޑިއާއިން ޓެސްޓްކޮށްފި
14 May 2025 ދުނިޔެ

ޑްރޯންތަކަށް ހަމަލާދޭ މިސައިލް ސިސްޓަމެއް އިންޑިއާއިން ޓެސްޓްކޮށްފި

ޑްރޯންތަކަށް އަމާޒުކޮށްގެން ހަމަލާދޭ، އަގުހެޔޮ މިސައިލް ސިސްޓަމެއް އިންޑިއާއިން ޓެސްޓްކޮށްފިއެވެ. ސޯލަރ ޑިފެންސް އެންޑް އެއަރޯސްޕޭސް ލިމިޓެޑުން އުފެއްދި މި ކައުންޓަރ ޑްރޯން ސިސްޓަމް އިއްޔެ ގޯޕާލްޕޫރުގ...