ބާރުގަަދަ މަދިރި ބޭސްފުޅިތަކެއް ލީކްވެ ދެމީހަކު ހޭނެތިއްޖެ
ހެލްތް މިނިސްޓްރީ ހިންގަމުންދާ ރޯޝަނީ ބިލްޑިންގްގައި ހުރި ބާރުގަދަ މަދިރި ބޭސްފުޅިތަކެއް ލީކްވެ، ދެމީހަކު ހޭނެތިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިނގި މި ހާދިސާގައި ހިނގި ގުދަނުގައި ހުރި ބޭސްފުޅިތަކުގެ އަދަދު ސާޅީހަކަށް ބޭސްފުޅިއަށް އަރައެވެ. ލީކްވީ ކިތައް ބޭސްފުޅިކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.
މިއީ ބާރުގަދަ ބޭސްފުޅިތަކެއްކަމުން ސަލާމަތީ ސަބަބުތަކާއި ގުޅިގެން ރޯޝަނީ ބިލްޑިންގް ސަަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އެ ބިލްޑިންގްއިން މީހުން ހުސްކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ.
ލީކްވި މަދިރި ބޭސް ފުޅިއަކީ މުއްދަތު ހަަމަވެގެން އެއްލާލުމަށްޓަކައި ތައްޔާރުކޮށްފައި ހުރި ފުޅިތަކުގެ ތެރެއިން ފުޅިއެކެވެ.
އެމްއެންޑީއެފްއިން މައުލޫމާތުދޭގޮތުގައި ލީކްވި ތަން ސާފުކުރެވި، އެ ކެމިކަލްތައް ނައްތާލުމަށް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް