ހުޅުމާލެ ކަސްޓަމްސްއިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި
ހުޅުމާލެ ކަސްޓަމްސް (ބޮންޑެޑްވެޔަރ ހައުސް)ގެ ހިދުމަތްދޭ ވަގުތު އިތުރުކޮށްފި އެވެ.
އެކަމާއި ގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ ހުޅުމާލޭ ކަސްޓަމްސްގެ ހިދުމަތް މިހާރު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު ހަތްގަޑި ތިރީހުން ހަވީރު ހަތަރަކަށް ލިބެން ހުންނާނެކަމަށެވެ
ކަސްޓަމްސްއިން އަންނަނީ އެފަރާތުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރުމުނެވެ. އެގޮތުން ކަސްޓަމްސްގެ ޚިދުމަތައް ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ސްޓޭންޑާރޑް އެޕްލިކޭޝަން ފޯމެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. އަދި އެ މަސައްކަތް މިހާރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތެއްކަމަށްވެސް ކަސްޓަސްމުސްއިން ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ކަސްޓަމްސްއިން އަންނަނީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށް ޚިދުމަތް ދިނުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް