ގެދޮރުވެރިޔާ ފްލެޓް މަޝްރޫއު: 4000 ޔުނިޓް ސަރުކާރާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތައް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4,000 ހައުސިން ޔުނިޓް އަޅާފައިވެ އެވެ. އެއީ އިންްޑިއާ ސަރުކާރުގެ ލޯނު އެހީގައި ތަރައްގީ ކޮށްފައިވާ ޔުނިޓްތަކެކެވެ.
މި ޔުނިޓްތައް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށް ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ޔުނިޓްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ޔުނިޓްތައް ހަވާލުކުރުމުގެ ގޮތުން "ރަމްޒީ ތަޅުދަނޑި" ވަނީ ހަވާލު ކުރައްވާފަ އެވެ.
މި ޔުނިޓްތައް ލިބޭނެ މީހުން ކަނޑައަޅާ މިހާރު ވަނީ އެއްބަސްވުން ގާއިމު ކުރަން ފަށާފަ އެވެ. ސަރުކާރުގެ އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ޔުނިޓްތަކުގެ މަސައްކަތް ނިންމުމެވެ. މި މަހުގެ ނިޔަލަށް ބައެއް ޔުނިޓްތަކުގައި މީހުން އުޅެން ފަށާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް