ބީއެމްއެލްއިން ތެލެސީމިޔާ ސޮސައިޓީއަށް ފައިސާ ހަދިޔާކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ފަރާތުން ސްޓާފް ޗެރިޓީ ރަންއެއް ބާއްވައި، މޯލްޑިވްސް ތެލެސީމިޔާ ސޮސައިޓީއަށް 80،000ރުފިޔާ ހަދިޔާކޮށްފިއެވެ.
200އަށްވުރެ ގިނަ މުވައްޒަފުންނާާއި އެކު މިއިވެންޓް ކުރިއަށްދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ހަތަރު ކިލޯމީޓަރަށް ބީއެމްއެލްގެ މުވައްޒަފުންވަނީ ދުވެފައެވެ.
ސެންޓްރަލް ޕާކުން ފަށައި، ހަމަ އެ ޕާކަށް ނިންމާލި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ، ޗެރިޓީ ރަންއާ ގުޅިގެން ތެލެސީމިއާ ސޮސައިޓީއަށް 80،000 ރުފިޔާގެ ރަމްޒީ ޗެކެއް ހަވާލުކޮށްދީފައެވެ.
އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލެސީމިއާ ސޮސައިޓީއިން ކުރިއަށް ގެންދާ ޕްރޮގްރާމުތައް ރާވައި ހިންގުމަށްކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް