-ޗައިނާގެ ދިދަ
-ޗައިނާގެ ދިދަ
ދުނިޔެ 06 Jul 2026 | 07:20

ޗައިނާއިން ޕެސިފިކް ކަނޑަށް ނިއުކްލިއާ ސަބްމެރީނަކުން މިސައިލެއް ޓެސްޓުކޮށްފި

ޗައިނާ ސިފައިންގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑުގެ ބައިނަލްއަޤުވާމީ ސަރަޙައްދަށް މިސައިލެއް ޓެސްޓުކޮށް ފޮނުވައިލައިފައިވާ ކަމަށް ޗައިނާގެ ރަސްމީ ޝިންހުއާ ނޫސް އެޖެންސީން ރިޕޯޓުކޮށްފިއެވެ. މި ޓެސްޓާ ގުޅިގެން ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ނިއުކްލިއާ ސަބްމެރީނުން ޑަމީ ވޯހެޑެއް އެޅި މިސައިލް ފޮނުވައިލީ މެންދުރުގައި ކަމަށާއި މިސައިލް ވެއްޓުނީ ކަނޑައެޅި ސަރަޙައްދަށް ކަމަށް ޝިންހުއާއިން ބުނެފައިވެއެވެ. ނަމަވެސް ސީދާ ވެއްޓުނު ތަނުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ޝިންހުއާއިން ސިފަކުރި ގޮތުގައި މިއީ ޗައިނާ ސިފައިންގެ އަހަރީ ތަމްރީނުގެ ބައެއް ކަމަށާއި ވަކި ޤައުމަކަށް ނުވަތަ ވަކި އަމާޒަކަށް އެ ޓެސްޓު އަމާޒުކޮށްފައި ނުވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ ޗައިނާއިން ޓެސްޓުގެ މަޢުލޫމާތު ކުރިން އޮސްޓްރޭލިއާ ސަރުކާރަށް އެންގި ކަމަށާއި ނަމަވެސް މި ޓެސްޓަކީ ސަރަޙައްދު "ހަލަބޮލިކުރާ" ކަމެއް ކަމަށެވެ.

"މި ޓެސްޓު ހުށަހެޅިފައި މި ވަނީ ޗައިނާއިން ހަލުވިކަމާ އެކު އަސްކަރީ ބާރު ގަދަކުރަމުންދާ ދަނޑިވަޅެއްގައި އެ ކަމުގެ މަޤުޞަދާ މެދު ސަރަޙައްދުން އެދޭ ހާމަކަމެއް ނެތި" ކަމަށް ވޮންގް ފީޖީގެ ވެރިރަށް ސޫވާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވިއެވެ.

ޖަޕާނުން ބުނީ މިސައިލް ޓެސްޓުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ޤައުމުން ޗައިނާއަށް އެ ކަން އަލުން ވިސްނައިލުމަށް ގޮވައިލާ ކަމަށެވެ.

"ޗައިނާ ސިފައިންގެ ހަރަކާތްތައް އިތުރުވުމާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވާ" ކަމަށް ޖަޕާނުން ބުނެފައިވެއެވެ. ކިޔޯޑޯ ނޫސް އެޖެންސީން ޖަޕާން ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި މިސައިލް ވެއްޓުނީ ޖަޕާނުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޭރަށެވެ.

ނިއުޒީލެންޑުގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ޓެސްޓާ މެދު ނިއުޒީލެންޑުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"ނިއުޒީލެންޑުން ދެކެނީ މިއީ ބޭނުންނުވާ އަދި ކަންބޮޑުވާ ކުރިއެރުމެއް ކަމަށް. ޕެސިފިކް ސަރަޙައްދުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މިސައިލް ޤާބިލުކަން ޓެސްޓުކުރާ ތަނެއްގެ ގޮތުގައި ސައުތު ޕެސިފިކް ބޭނުންކުރުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން" ކަމަށް ޕީޓާސް ވިދާޅުވިއެވެ.

ޗައިނާއިން އެންމެ ފަހުން ބައްރުތައް ހުރަސްކުރާ ބެލިސްޓިކް މިސައިލެއް (އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް) ޓެސްޓުކޮށްފައި ވަނީ 2024 ވަނަ އަހަރުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު
01 Oct 2026 ހަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް؛ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނަން: ރައީސް މުޢިއްޒު

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ދެމިއޮތް ވަރުގަދަ ބައިވެރިއެއް ކަމަށާއި، ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށް ރައީސުލްޖު...

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟
29 Sep 2026 ދުނިޔެ

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟

ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ޗައިނާއިން އެމެރިކާގެ އެޓްލާންޓާ ސިޓީއަށް ދެ ޖަޔަންޓް ޕެންޑާ ހަދިޔާކޮށްފިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ މި ...

ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
24 Sep 2026 ކުޅިވަރު

ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި

ޗައިނާގައި މިއަދު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި، ދިވެހިރާއްޖޭގެ ގައުމީ ޓީމާ ވާދަކޮށް ޗައިނާގެ ގައުމީ ޓީމުން 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗުގައި ޗައިނާ...

ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
24 Sep 2026 ހަބަރު

ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް

ދިވެހިރާއްޖެއާ ޗައިނާގެ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާ އެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކ...

ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި
24 Sep 2026 ދުނިޔެ

ޗައިނާއާއި އެމެރިކާއިން އޭއައިއާ ބެހޭ ފުރަތަމަ މަޝްވަރާތައް ބާއްވައިފި

ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން އެ ޤައުމާއި އެމެރިކާގެ އިސް ވިޔަފާރި މަންދޫބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ރަސްމީ މަޝްވަރާތަކެއް ބާއްވާފައިވާކަން މިއަދު ކަ...