ދެ ޕެންޑާ
ދެ ޕެންޑާ
ދުނިޔެ 29 Sep 2026 | 03:07

ޗައިނާއިން އެމެރިކާއަށް ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިނީ ބޮޑު ދެ ޕެންޑާ؛ އޭގެ ނަން އެނގޭތަ؟

ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ޗައިނާއިން އެމެރިކާގެ އެޓްލާންޓާ ސިޓީއަށް ދެ ޖަޔަންޓް ޕެންޑާ ހަދިޔާކޮށްފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ މި ދެ ޕެންޑާއަކީ ދެ ޤައުމުގެ ދެމެދުގައިވާ "ރަޙުމަތްތެރިކަމުގެ ރަމްޒެއް" (އެންވޯއި އޮފް ފްރެންޑްޝިޕް) ކަމުގައި ސިފަކުރައްވާފައެވެ.

"ޕިންގ ޕިންގ" އަދި "ފޫ ޝުއާންގ" ނަމަކަށް ކިޔާ މި ދެ ޕެންޑާ އެމެރިކާގެ ޖޯޖިއާ ސްޓޭޓަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 27 ވީ  ދުވަހުގެ ހެނދުނު، ޚާއްޞަ ފެޑެކްސް ބޯއިންގ 777 މަތިންދާބޯޓެއްގައެވެ. މިއީ އެޓްލާންޓާ ޒޫ އަދި ޗައިނާ ވައިލްޑްލައިފް ކޮންޒަވޭޝަން އެސޯސިއޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ގެނެވުނު ދެ ޕެންޑާއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ޝީ ޖިންޕިންގ ވާހަކަފުޅު ދައްކަވާފައިވަނީ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ވައިޓް ހައުސްގައި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ޝީ ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި، މި ދެ ޕެންޑާގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

މި ދެ ޕެންޑާގެ ތެރެއިން 2020 މާރިޗު 17 ގައި އުފަންވި ފިރިހެން ޕެންޑާ "ޕިންގ ޕިންގ" ގެ ނަމުގެ މާނައަކީ ދުޅަހެޔޮ އަދި އަމާން ދިރިއުޅުމަކަށް އެދި ކުރެވޭ ހެޔޮ ދުޢާއެވެ. އަދި 2020 އޮކްޓޯބަރު 18 ގައި އުފަންވި އަންހެން ޕެންޑާ "ފޫ ޝުއާންގ" ގެ ނަމުގެ މާނައަކީ "އުފާވެރިކަން" އެވެ.

އެޓްލާންޓާ ޒޫ އިން މަޢުލޫމާތު ދޭ ގޮތުގައި، މި ދެ ޕެންޑާ އާންމުންނަށް ދައްކާލުމުގެ ކުރިން އެއް މަސް ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލިޓީއެއްގައި ބެހެއްޓޭނެއެވެ. ޒޫ އެޓްލާންޓާ އަކީ އެމެރިކާގެ ދެކުނު-އިރުމަތީ ސަރަޙައްދުގައި ޕެންޑާ ބަލަހައްޓާ ހަމައެކަނި ޒޫއެވެ. އަދި މުޅި އެމެރިކާގައިވެސް މިހާރު ޕެންޑާ ދިރިއުޅޭ ތިން ޒޫގެ ތެރެއިން އެއް ތަނެވެ.

ޗައިނާއިން އެހެން ޤައުމުތަކާއެކު ސިޔާސީ އަދި ޚާރިޖީ ގުޅުން ބަދަހިކުރުމަށް ގެންގުޅޭ "ޕެންޑާ ޑިޕްލޮމަސީ" އަކީ 1972 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޒަމާންވީ ސަޤާފަތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ