ސަމާލުވޭ! ޑެންގީ އަދި ޗިކުންގުންޔާ ބާރުމިނެއްގައި ފެތުރެނީ
މިއަހަރުގެ ތެރޭގައި ޑެންގީ އަދި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ހެލްްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 1957 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ.
އެގޮތުން މިދިޔަ މާޗް މަހު ޖުމްލަ 586 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފަވާއިރު އޭޕްރީލް މަހުގެ ތެރޭގައި އެ އަދަދު ވަނީ 631 އިތުރުވެފަ އެވެ.
ޗިކުންގުންޔާ ފެތުރެމުންދާ މިންވަރަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ އާ ގުޅޭ 846 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
މި އަހަރުގެ މާޗް މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އިރު އޭޕްރީލް މަހު 310 މީހުން ރިޕޯޓްކުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް