އަރަފާތު ހޯދުމަށް އިމިގްރޭޝަނުން ނެރުނު ނޯޓިސް
އަރަފާތު ހޯދުމަށް އިމިގްރޭޝަނުން ނެރުނު ނޯޓިސް
ހަބަރު 19 Aug 2024 | 12:44

ބުޅާމަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތުކުރާ އަރަފާތު ހޯދުމަށް އިމިގްރޭޝަނުން ނޯޓިސް ނެރެފި

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތު ކުރެވިފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހޮސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނޯޓިސް ނެރެފިއެވެ.

އަރަފާތު ހޯދުމަށް އިމިގްރޭޝަނުން ނެރެފައިވާ ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާން އަންގާފައެވެ.

އިމިގްރޭޝަނުން ހޯދުމަށް އިއުލާނުކުރި އަރަފާތަކީ އޭނާ އާމެދު ބައެއް އާއްމު ފަރާތަކުން ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. މިގޮތުން މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތައް ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފެލައިން ވެލްފެއާއިން ވަނީ ބުޅާ ހިފައިގެން އެ ކަތިލުމަށްފަހު އޭގެ މަސް ކައްކައި އަދި ވިއްކާކަމުގެ ތުހުމަތު އަރަފާތުގެ މައްޗަށް ކޮށްފައެވެ.

އަރަފާތުގެ ކަންކަން އެނގޭ ބައެއް މީހުންވެސް ވަނީ އޭނާ އާ ގުޅޭ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިގޮތުން އަރަފާތު ދިރިއުޅެމުންދާ ގޭދޮށުން ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށް އަވައްޓެރިން ބުނެފައިވާކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ވޮއިސްއަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަފާތު ދިރިއުޅެމުންދިޔަ ތަނުން ކާބޯތަކެތި ތައްޔާރުކޮށް، ސައްހަ ލޭބަލް ނުޖަހައި ބާގަރ އަދި ސަބްމެރިން ފަދަ ތަކެތި ވިއްކަމުން ގޮސްފައިވާއިރު، މިތަކެތި ވިއްކުމަށް ބޭނުންކޮށްފައިވަނީ ބިދޭސީންގެ ނުފޫޒު އޮންނަ ފިހާރަތަކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބިލެއް ތަސްދީގުކޮށްފައިވާއިރު، މި ޤާނޫނަށް މިހިނގާ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ޤާނޫނު ވުޖޫދަށް އައުމުގެ މަޤްސަދުތަކުގެ ތެރޭގައި ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ކަނޑައެޅުން ހިމެނެއެވެ.

މި ޤަނޫނަށް އަމަލުކުރަން ފެށުމުން ވިއްކާ ތައްޔާރީ ކާބޯތަކެތީގައި ލޭބަލް ޖެހުން ލާޒިމްވެގެން ދާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ
03 Nov 2026 ހަބަރު

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ

މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފަ އެވެ.