ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑިޔާއަށް
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.
ހަ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަނަރަ މެންބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަރ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުގައި އިންޑިޔާގެ ގާނޫނު ހަދާ މަޖިލީސް ކަމުގައިވާ ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި މެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޯކްސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އަކީ ދެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުުރުމަށް ސޮއިކުރާ އެއްބަސްވުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް