ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން އިންތިހާބުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން އިންތިހާބުކޮށްފިއެވެ.
މިރޭ ބޭއްވި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގައި ނެގުނު ވޯޓަށް ބަލާއިރު، ފިރުޝާނަށް 29 ވޯޓް ލިބުނުއިރު، އަލައިކާއަށް ލިބުނީ 14 ވޯޓެވެ. ޑިމޮކްރެޓްސްއަށް ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި 44 މެމްބަރުން ވޯޓު ދިންއިރު، ވޯޓްދެވޭ 130 މެމްބަރުން އެބަތިއްބެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމު ހުސްވީ، މިހާތަނަށް އެޕާޓީގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފް ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުންނެވެ. ޑޮމޮކްރެޓްސްގެ އަސާސީ ޤަވާއިދު ބުނާގޮތުން ރައީސްގެ މަގާމު ހުސްވެއްޖެނަމަ، އެމަގާމު ވަގުތީގޮތުން އަދާކުރަންޖެހެނީ ނައިބުރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.
ޖެނެރަލް އެސެމްބްލީގައި މިރޭ ވަނީ 40 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އައު ރައީސަކު ހޮވުމަށް ފާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް