ރައީސް ނަޝީދާ ދެކޮޅު އަލްހާން ޓްވީޓެއް ގާސިމް ރީޓްވީޓް ކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއީސް ނަޝީދު ރާއްޖެ ވަޑައިގަތުމާ ދެކޮޅަށް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރިޓްވީތްކުރެއްވުމުން ގިނަބަޔެއްގެ ފާޑުވިދާޅުވުން އަމާޒުވެއްޖެއެވެ.
އަލްހާންކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށާއި، ވެރިކަން ލިބުނީމާ ގާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

މިކަމާ ގުޅިގެން މީސް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަނީ މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގައި ރައީސް ނަޝީދުގެ ވަރަށް ބޮޑު ރޯލެއް އޮވެގެންނެވެ.
ފާޑުކިޔުތްތަކަށްް ޖަވާބުދެއްވަމުން ގާސިމް ޓްވީޓް ކުރައްވާފައިވަނީ އެ ޓްވީޓް ރިޓްވީތްކުރެއްވީ ގާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިކަމުގައި ވިޔަސް އެއީ ރަނގަޅު ވާހަކައެކްކަމަށް ވާތީ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް