ކޮތަޅު ކޯޓުލައިގެން ބުރިޖުގައި ނުދުއްވާ: ފުލުސް
ކޮތަޅު ކޯޓު ލައިގެން ބުރިޖާއި ހައިވޭގައި ދުއްވުން މަނާކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮތަޅު ކޯޓު ލައިގެން ބުރިޖާއި ހައިވޭގައި ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެފަދަ ވާރޭ ކޯޓުތައް ވަޔާއި އެކު ވީދައިގެން ގޮސް ކައިރިން އަންނަ ވެހިކަލްތަކުގައި އެޅި އެކްސިޑެންޓް ވުމަށް މަގުފަހިވެއެވެ.
އެހެންވެ ހުރިހާފަރާތްތަކުންވެސް، ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އެދޭކަމަށް ފުލުހުން ބުންޏެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާއިރު، މިއަދުވެސްމާލެއަށް ވިއްސާރަވެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް