އަލީ ވަހީދުގެ ހޫނު ރައްދެއް ގާސިމަށް: "އެޖެންޑާ 19ގައި ބުދު ފައްޅި އަޅާ ވާހަކައެއް ނެތް"
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ރާއްޖޭގައި ބުދުފައްޅި އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ނ. މަނަދޫގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވި ގޮތުގައި އެޖެންޑާ19 ގައި އޮތީ 19 ޤާނޫނެއްގެ ވާހަކަ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި އެޖެންޑާ19 އަކީ ދިވެހި ރައްޔިތުންނަށް، ހެޔޮ ވެރިކަމަކަށް ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ދިވެހިރާއްޖޭގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލު ކަމަށެވެ.
" އެޖެންޑާ 19 އަކީ މި ތީމް. މިވެސް ބަލައިލުމެއް، ކަހާލުމެއް ނެތި، މީގައި އޮތީ ބުދުފައްޅި އެޅުމޯ، އޭއްޗެކޯ މީއްޗެކޯ. މި ކިޔާލަންވީ ނޫންތޯ." އަލީ ވަހީދު ވިދާޅުވިއެވެ.
ގާސިމްގެ ނަން ވިދާޅުނުވެ ފާޑުކިޔުންތައް ރައްދު ކުރެއްވުމަށްފަހު އަލީ ވަހީދު ވިދާޅުވީ އެބޭފުޅާ އެވާހަކަތައް ދައްކަވަން ބިރެއް ނުގަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް