ސައުދިއާގެ އުދުހުންތައް ރާއްޖެއަށް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސައުދީ އަރަބިއާގެ ސައުދިއާ އެއާލައިނުން ރާއްޖެއަށް އުދުހުންތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އިއްޔެ އައި ސައުދިއާގެ ފްލައިޓް, SV838ގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.

ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ، ސައުދިއާ އިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެން ގޮސްފައިވާކަމަށެވެ.
ސައުދިއާ އެއާލައިނަކީ ރާއްޖެއަށް ވަރަށް މުހިންމު އެއާލައިނެކެވެ. އެގޮތުން ރާއްޖެއިން ހައްޖަށް އަދި އުމްރާއަށްދާ ދިވެހިން ގެންދިއުމުގައި ސައުދިއާއިން ދެމުންދާ އެއްބާރުލުން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް