ފްލައި ދުބާއީގެ ބޯޓެއް.. ފޮޓޯ: އެލެކްޒެންޑަރ
ފްލައި ދުބާއީގެ ބޯޓެއް.. ފޮޓޯ: އެލެކްޒެންޑަރ
ވިޔަފާރި 23 Aug 2026 | 17:19

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ދުބާއީން ފުރައިގެން މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ފްލައި ދުބާއީގެ ފްލައިޓެއް އިމަޖެންސީގައި ރަންވޭއަށް ޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓުގައި ހުރި ތެޔޮ މަދުކުރުމަށްޓަކައި ބޯޓު ވައިގެ ތެރޭގައި ގިނައިރު ވަނީ އުދުހިފައެވެ. އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.

ބޯޓު ޖައްސާފައިވަނީ މިއަދު ހަވީރު 17:28 ގައެވެ. އެއީ ޖައްސަން ތާވަލުކުރި ވަގުތަށްވުރެ 30 މިނެޓް ލަސް ވަގުތެކެވެ.

ބޯޓު ޖެއްސިއިރު، އެމްއޭސީއެލްގެ އޮފިޝަލުންނާއި ފަޔަރ ރެސްކިއު ޓީމް ވަރަށް ފުރިހަމަޔަށް ތައްޔާރީ ހާލަތުގައި އޮތްކަމަށް ފްލައި ޑްބާއީގެ ރާއްޖޭގެ އޭޖެންޓް ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި
25 Oct 2026 ހަބަރު

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓުން މި ނިންމުން ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގެ އެރައިވަލް ހޯލުގައި ހުންނަ އިމިގްރޭޝަން ހޯލްޑިން ސެލްގެ ބިއްލޫރިގަނޑަށް ގެއްލުންދީފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި
08 Oct 2026 ހަބަރު

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި

އެ ކުންފުނިން ދާދި ފަހުން މީސް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި މެސެޖުތަކުން ފެންނަ ގޮތުގައި، ވީއައިއޭގެ ސްޕެޝަލް އެސިސްޓެންސް ޓީމުން ބަލިމީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދެއެވެ. ސިއްހީ ކުއްލި ހާލަތްތަކުގައި ނުވަތަ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތައް ތިބެނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑު ބުރައެއްގައި ކަމަށް ވާއިރު، އެފަދަ ވަގުތުތަކުގައި އެއާޕޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބޭ ޕްރޮފެޝަނަލް އަދި އޯގާތެރި އެހީތެރިކަމަކީ އާއިލާތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ
07 Oct 2026 ހަބަރު

އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ

އެއާ ފްރާންސް ކޭއެލްއެމް މާޓިނެއާ ކާގޯ )އޭއެފްކޭއެލްއެމްޕީ ކާގޯ( އިން އަންނަ ޑިސެމްބަރު މަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑް ބޮޑީ ބެލީ ކާގޯގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.