ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް---ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް---ފޮޓޯ: އެމްއޭސީއެލް
ހަބަރު 25 Oct 2026 | 09:07

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ހުރި ބިއްލޫރިގަނޑަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ބިދޭސީއަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ނިންމުން ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގެ އެރައިވަލް ހޯލުގައި ހުންނަ އިމިގްރޭޝަން ހޯލްޑިން ސެލްގެ ބިއްލޫރިގަނޑަށް ގެއްލުންދީފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އޭނާ ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ސާބިތުވާ މިންވަރަކަށް ހެކި ލިބިފައިވުމުން ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި އިމިގްރޭޝަންގެ އިންސިޑެންޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލަ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. ހައްޔަރުކޮށްފައިވާ ފަރާތުގެ ވަނަވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު
25 Oct 2026 ހަބަރު

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު

މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
25 Oct 2026 ހަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެގޮތުން، މި ހާއްސަ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
25 Oct 2026 ހަބަރު

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.