އިއްޔެ، ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ޗައިނާ ރައްޔިތެއް: ޕޮލިސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިއްޔެ، ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިމީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ.
އަދި މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށާ، އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަންވެސް ފުލުހުންނަށް އެނގިފައިވާ ކަމަށް ބުންޏެވެ.
އަދި ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 އެހައިކަންހާއިރުކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް