މަޖިލީހަށް ހާޒިރުނުވުމުން ޕީޕީއެމް ބައެއް މެންބަރުންގެ ފާޑުކިޔުުންތައް އިދިކޮޅު މެންބަރުނަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާގައި ކޯލިޝަންގެ މެންބަރުން ވަޑައިނުގަތުމުން ޕީޕީއެމް ބައެއް މެންބަރުން އެކަމަށް ފާޑުވިދާޅުވެއެޖެއެވެ.
މަޖިލީސްގެ ޖަލްސާގެ އެޖެންޑާގައި މިއަދު ފުރަތަމަ އައިޓަމަކަށް އޮތީ، އޮޑިޓަ ޖެނެރަލް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ.
މިމައްސަލައިގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާ މެންްބަރު ނިހާންވިދާޅުވީ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިދިކޮޅު ހުރިހާ މެންބަރުންހެން ވަޑައިގެން ތިއްބެވި ކަމަށެވެ.
ނަަަމަވެސް މިއަދު މަޖްލީސްގެ ގެކޮޅަށް ވަޑައިގެންނެވި މެންބަރުންވެސް ޖަލްސާގެ ކޯރަމް ހަމަ ކުރައްވަން ވަޑައިނުގެން، ޗެމްބަރުން ބޭރުގައި، މަޖިލިސް ސަރަހައްދުގައި އެބައުޅުއްވާކަމަށާއި އަރިމަތީގައި ހުންނަ ކޮފީ މެޝިންތަކުން ކޮފީ ބައްލަވަން އެބަތިއްބެވިކަމަށެވެ.
"އޮޑިޓް އޮފީސް ބަޖެޓު ފާސް ކޮށްލަން، މި ރިޕޯޓް އަޑު އައްސަވަން، ނުވަތަ މި ތަނަށް ވަޑައިގެން ކޮމެންޓެއް ކުރައްވަން، މީގައި ބައިވެރިވެވަޑައިގަންނަވަން، ޖަލްސާގެ ކޯރަމް ހަމަ ކުރައްވަން ވަޑައިނުގެން، ޗެމްބަރުން ބޭރުގައި، މަޖިލިސް ސަރަހައްދުގައި އެބައުޅުއްވާ، އަރިމަތީގައި ހުންނަ ލަވާޒާ މެޝިންތަކުން ކޮފީ ބައްލަވަން،" ނިހާން ވިދާޅުވިއެވެ.
ނިހާންގެ އިތުރުން ކެލާދާއިރާ މެންބަރު އާރިފު ވެސް އިދިކޮޅުފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގޮނޑިގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން 8 މެނަބަރުންގެ ގޮނޑިނުގެއްލޭ ކަމަށް ސުޕްރީމްކޯޓުން މިހާތަނަށް ކަޑައަޅާފައިވީނަމަވެސް އޭގެތެރެއިން ހަތަރު މެންބަރުންވެސް ޗެމްބަރ އަށް ވަދެވަޑައިނުގަންނަވާކަމށެވެ.
މީގެއިތުރުން އެމްޑީޕީއާއި ޖޭޕީ މެންބަރުން ވެސް ވަދެވަޑައިނުގަންނަވާކަމަށާއި، ޖަލްސާގައި ތިއްބެވީ ޕީޕީއެމް އެމްޑީއޭގެ މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެއްކަމަށެވެ.
"މާލިއްޔަތު ކޮމިޓީން މި އޮތީ ބޮޑު ރިޕޯޓެއް ފޮނުއްވާފައި، މަސައްކަތް ކުރެވޭނީ ބަޖެޓް ފާސްކޮށްދީގެން، ބަޖެޓް ފާސްކުރަން ރިޕޯޓް މި ތަނަށް ގެނައިމަ ވެސް މި ހަތަރު މެންބަރުން ވެސް ވަދެވަޑައިނުގަނެ، އެމްޑީޕީއާއި ޖޭޕީ މެންބަރުން ވެސް ވަދެވަޑައިނުގަންނަވާ، މި ތަނުގައި މި ތިއްބެވީ ޕީޕީއެމް އެމްޑީއޭގެ މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެއް،" އާރިފު ވިދާޅުވިއެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވެސް ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވެވަޑައިނުގެން މަޖިލީހުގެ މަސައްކަތްތައް ނުކުރައްވައި މުސާރަ ނަންގަވާ މެންބަރުނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި ހަމައެހެންމެ މަޖިލިސް މެންބަރުންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށާއި، އެއީ ވެސް ކޮރަޕްޝަންގެ އަމަލެއް މެންބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް