ލާސްޓް މިނެޓާއި ގޯޓް އެފްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ވޮއިސް ސްޕޯޓްސް
ލާސްޓް މިނެޓާއި ގޯޓް އެފްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ވޮއިސް ސްޕޯޓްސް
ކުޅިވަރު 07 Jun 2024 | 05:31

ފަހަތުން އަރައި ލާސްޓު މިނެޓު ބަލިކޮށް ގޯޓުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް އޭގައި ބުރަސްފަތި ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި 1-2 ގެ ނަތީޖާއަކުން ލާސްޓު މިނެޓު ބަލިކޮށް ގޯޓުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ލާސްޓު މިނެޓުން ކުޅުނު ފުރަތަމަ މެޗުގައި 7-2 ގެ ތަފާތުބޮޑު ނަތީޖާއަކުން އޯލްވޭސް ޕްރެޕެއާޑް އަތުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 9-2 ގެތަފާތުބޮޑު ނަތީޖާއަކުން ބޮންތަށި ބަލިކޮށްފައެވެ. އަދި ގޯޓް އެފްސީގެ ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ބޮންތަށި އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި އޯލްވޭސް ޕްރެޕެއާޑް އަތުން 3-2 ގެ ނަތީޖާއަކުންއެޓީމު ވަނީ ބަލިވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލާސްޓު މިނެޓުންނެވެ. މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އާއިޝް އެވެ.

ގޯޓުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ސުހައިލް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ގޯޓުންނެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ސުހައިލް އެވެ

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ގޯޓް އެފްސީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ގޯޓު އެފްސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމަށް ލިބުނީ ގުރޫޕްގެ ދެވަނައެވެ. އަދި މިމެޗުން ބަލިވި ނަމަވެސް ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ލިބުނީ ލާސްޓް މިނެޓަށެވެ. އަދި މިއާއެކު މިދެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.

2024 ޖޫން 01-15 އަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 12 ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިން ގުރޫޕުން ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ކުއާޓާގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަ އެރައިވަލް ޓްރެވަލް ޓެބްލޮއިޑް އެވެ. އަދި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިމުބާރާތުގެ ކިޓްސް ޕާޓްނަރަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވޮއިސް އަދި އާރުއާރުސީ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.