ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށިން ގޯތި ދޫކުރަނީ
މަޖިލިސް 19ގެ ސިޔާސަތުތަކުގެ ދަށުން ހުުޅުމާލެ، ގުޅީފަޅު އަދި ތިލަފުށިން ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.
މި އުސޫލު ހިމެނުމަށް އެމްޑީޕީން ނިންމާފައިވަނީ އަންނަ މަޖިލީހަށް ހުށައަޅާ ބޯހިޔާވަހިކަމުގެ ބިލެއްގައެވެ. އެ ބިލަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
އެ ބިލްގެ ދަށުން މާލެއާއި ވިލިގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ މަގުގެ މަސައްކަތާއި، ގުޅީފަޅު އަދި ތިލަފުށީ ފަޅުން ނުހިއްކިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ އެންމެހައި އިލްމީ އަދި ފަންނީ ޑިޒައިންތަކާއި ކުރެހުންތަކާއި ހިސާބުތަކާއި މުތޯލިޔާތައް އެކުލަވާލުމަށް ހިމެނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުން ބިން ދޫކުރާނެ ގޮތާއި، ބިން ލިބޭނެ ގޮތްވެސް މިބިލްގެ ޒަރިއްޔާއިން އެކަށަ އެޅުމަށްވެސް ވަނީ ނިންމާފައެވެ.
ު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް