ޔޫއެސް ބަންގްލާ އައު ޓާމިނަލަށް ކައިރިކުރަނީ.. ފޮޓޯ: އެމްއޭސީއެލް
ޔޫއެސް ބަންގްލާ އައު ޓާމިނަލަށް ކައިރިކުރަނީ.. ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި 03 Nov 2025 | 12:33

ޔޫއެސް ބަންގްލާ އަދި ސިޗުއާން އެއާލައިނުންވެސް އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޔޫއެސް ބަންގްލާ އަދި ސިޗުއާން އެއާލައިނުންވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފިއެވެ.

އެމްއޭސީއެލުން ބުނީ ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީއެވެ.

ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 108 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްއަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ އިތުރުން ފްލީޓް ސައިޒުގެ ގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާލައިނެވެ. ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 19 ނޮވެންބަރު 2021 ގައެވެ.

ޗައިނާގެ ސިޗުއާން އެއާއިލުންވެސް ވަނީ މިމަހުގެ ފުރަތަމަ ދުވަހު އައު ޓާމިނަލް ބޭނުންކުރަން ފަށާފައެވެ.

ސިޗުއާން އެއާލައިން.. ފޮޓޯ: އެމްއޭސީއެލް

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, 3U3923 އިން ރާއްޖެ އައި 163 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ހިދުމަތް މިހާރު 20 އެއާލައިނަކުން ހޯދާކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި
01 Oct 2026 ހަބަރު

މިހާދު އާއި ސަޙަރު އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފި

‏މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދު އަދި ބޯޑުގެ މެމްބަރ، ސަޙަރު ވަޙީދު, އެމްއޭސީއެލްގެ ބޯޑުން ވަކިކޮށްފިއެވެ. އެ ދެމީހުން މަގާމު...

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި
30 Aug 2026 ހަބަރު

އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލް އިން އެއާޕޯޓުގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ...

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް
24 Aug 2026 ހަބަރު

ދަރިވަރުންނަށް ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީއައިއެޗްއެސްއާ ދެމެދު އެއްބަސްވުމެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އާ ދެމެދު ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމ...

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
23 Aug 2026 ވިޔަފާރި

ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ދުބާއީން ފުރައިގެން މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ފްލައި ދުބާއީގެ ފްލައިޓެއް އިމަޖެންސީގައި ރަންވޭއަށް ޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓަށް ދިމާވި މައްސަލައަކާ ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...