ބީއެމްއެލް
ބީއެމްއެލް
ވިޔަފާރި 25 Aug 2024 | 11:13

ބީއެމްއެލްގެ ނިންމުން އަނބުރާ ގެންގޮސްފި. ރުފިޔާއިން ބޭރުގެ މުއާމަލާތް ކުރެވޭނެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބީއެމްއެމް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް އަލުން އަނބުރާ ގެންގޮސްފިއެވެ.

ބީއެމްއެލް އިން ދާދި ދެންމެ ފޮނުވި ނޯޓިސް އެއްގަައި ބުނީ މި ނިންމުން ބޭންކުން ނިންމާފައިވަނީ މަރުކަޒީ ބޭންކްގެވެސް އިރުޝާދުގެ މަތިން ކަމަށެވެ.

ބީއެމްއެލުން މިއަދު ވަނީ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭގޮތަށް ހަދާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުޑައިރުކޮޅެއްކުރިން ބޭއްވި އެ ބޭންކުގެ ބޯޑު ބައްދަލުވުމަކަށްފަހު ބީއެމްއެލުން ވަނީ ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ ޑެބިޓްކާޑަށް ބޭރުފައިސާގެ މުއާމަލާތްތައް ނުކުރެވޭގޮތަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފައެވެ. ބީއެމްއެލުން ބުނީ މި ބަދަލުގެނައީ، ބޭންކްތަކުގެ ރެގިއުލޭޓްކުރާ ފަރާތްކަމަށްވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އިރުޝާދުގެވެސް ދަށުން ކަމަށެވެ.

ޤައުމީ ބޭންކުން މިއަދު ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރުން ކުރެވޭ މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ބީއެމްއެލުން ގެނައި ބަދަލާގުޅިގެން އޭރު ނިންމި ނިންމުމަށް ބަލާއިރު، ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެއްވެސް ތަނަކަށް ފައިސާއެއް ނުދެއްކޭނެއެވެ. ހަމަ އެހެންމެ ރާއްޖެއިން ބޭރުގެ އެއްވެސް ޕީއޯއެސް އަދި އޭޓީއެމަކުންވެސް ފައިސާ ނެގުމުގެ ހިދުމަތެއް ނުލިބޭނެއެވެ.

ވިސާ ޑެބިޓް ކާޑުގެ އިތުރުން ބީއެމްއެލުން ވަނީ ކްރެޑިޓް ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށްވެސް ބަދަލުގެނެސްފައެވެ. ކުރިން ނިންމިގޮތުން ކްރެޑިޓް ކާޑްތައް ބޭނުންކޮށްގެން މަހެއްގެ މައްޗަށް މުއާމަލާތްކުރެވޭނީ 100 ޑޮލަރަށް ވާވަރަށެވެ. ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބޭރުފައިސާއިން ކުރެވޭ މުއާމަލާތްތަކަށް ހިފެހެއްޓުމެއް ގެންގުޅުނު ނަމަވެސް، ރާއްޖޭގައި ކުރެވޭ ދިވެހިފައިސާގެ މުއާމަލާތްތަކަށް ކުރިއެކޭ އެއްގޮތަށް ކުރެވެއެވެ.

ބީއެމްއެލްގެ ނިންމުން ބަދަލުކޮށްފައިވަނީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ބީއެމްއެލްގެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
15 Sep 2026 ވިޔަފާރި

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއ...