އެމްޓީޑީގެ ފަރާތުން މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ފަރާތުން މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީޑީން މައުލޫމާތު ދޭގޮތުގައި އެޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފެބްރުއަރީ 1 އަކުން ފެށިގެން ފެބްރުއަރީ 9 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅާ ފޯމް ޕާޓީ އޮފީހުން އިއްޔެއިން ފެށިގެން ލިބޭނެ ކަމަށް އެޕާޓީން ބުންޏެވެ.
އެމްޓީޑީން ކުރިއަަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އަދި ކޯލިޝަނެއް ނަހަދައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް