ޖޮސްކޯ ގްއާޑިއޯލް ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެނީ
ޖޮސްކޯ ގްއާޑިއޯލް ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު 16 Apr 2024 | 13:35

ރެއާލް މެޑްރިޑަކީ ޔޫރަޕުގެ ކިންގް އެކަމަކު ޖެހިލުމެއް ނުވޭ: ގްއާޑިއޯލް

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުންނައިރު، ރެއާލް މެޑްރިޑާއި މެދު ޖެހިލުން ނުވާކަމަށް ސިޓީގެ ޑިފެންޑަރު ގްއާޑިއޯލް ބުނެފިއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅެވުނު ކުއާޓާ ފައިނަލު ފުރަތަަމަ ލެގުގެ މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި ވާއިރު އެމެޗުގައި ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މިސީޒަންގައި ޖަރުމަނުގެ އާރުބީ ލެޕްޒިގް އިން އެޓީމާއި ގުޅުނު އުމުރުން 22 އަހަރުގެ ކްރޮއޭޝިޔާގެ ޑިފެންޑަރު ޖޮސްކޯ ގްއާޑިއޯލް އެވެ.

މާދަމާ ރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސިޓީގެ ޑިފެންޑަރު ބުނީ ރެއާލް މެޑްރިޑަކީ ޔޫރަޕުގެ ކިންގް ކަމަށާއި ނަމަވެސް އެޓީމާއި މެދު އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށެވެ. "ޖެހިލުން ވާނަމަ ޓީވީ އިން މެޗު ބަލާނީ، އަހަރެމެން ބޭނުންވަނީ ތަށި ދިފާއުކުރަން.. އެކަން ކުރެވޭނީ ރެއާލް މެޑްރިޑް ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގައި މިދެޓީމު ވާދަކޮށްފައި ވާއިރު، 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ފައިނަލުން ޖާގަ ހޯދީ މެންޗެސްޓާ ސިޓީ އެވެ. އަދި އެފަހަރު ވެސް ފުރަތަަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅުނުއިރު، އެމެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ލެގުގައި ސިޓީގެ ދަނޑުގައި އެޓީމުން ވަނީ ފަސޭހަކަމާ އެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މިދެޓީމު މީގެ ކުރިން 11 ފަހަރެއްގެ މަތިން ވާދަކޮށްފައި ވާއިރު، އޭގެތެރެއިން ހަތަރު މެޗުން މެންޗެސްޓާ ސިޓީ ވަނީ މޮޅުވެފައެވެ. އަދި ރެއާލް މެޑްރިޑް ތިން މެޗުން މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމިފައިވަނީ ދެޓީމް އެއްވަރުވެގެންނެވެ. މީގެ އިތުރުން ސިޓީގެ ދަނޑުގައި މިދެޓީމު ފަސް މެޗު ކުޅެފައިވާއިރު އޭގެތެރެއިން ތިން މެޗުން ސިޓީ މޮޅުވިއިރު އަނެއް ދެމެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...