ޕީޕީއެމްގެ ކޮންގްރެސްގައި ގިނަ ކަންތައްތަކެއް ނިންމުމަށް ތާވަލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ކުއްލި ކޮންގްރެސްގައި ގިނަ ކަންތައްތަކެއް ނިންމުމަށް ތާވަލްކޮށްފި އެވެ.
ޕީޕީއެމްއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެޕާޓީއިން ހާއްސަގޮތުން ބައްވާ ގައުމީ ޖަލްސާގައި ގިނަ ކަންތައްތަކެއް ހުށަހަޅާ ފާސްކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުގެނައުމާއި، ޕާޓީގެ ހިންގާ ގަވައިދަށް ބަދަލުގެނައުން ހިމެނެއެވެ. އަދި މީގެ އިތުރުން ޕާޓީގެ މަގާމުތަކާއި، ކައުންސިލާއި، ކޮމެޓީތަށް އިންތިހާބުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ޕީޕީއެމްގެ އިއުލާނުގައި ބުނެފައިވެއެވެ.
އޭގެތެރޭގައި ޕާޓީގެ ރައީސް އާއި، ޕާޓީގެ ނައިބު ރައީސްގެ އިތުރުން ޕާޓީގެ ކައުންސިލްގެ މަގާމަށް މީހުން އިންތިހާބު ކުރުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް