ހަނޑުލު ގުޅަ
ހަނޑުލު ގުޅަ
ލައިފްސްޓައިލް 11 Mar 2025 | 04:32

ހަނޑުލު ގުޅަ މުރަނަ ނުވާ ނަމަ މި ގޮތް ޓްރައި ކޮށްލާ! ޔަގީން މުރަނަ ވާނެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބައެއް މީހުން ހަނޑުލު ގުޅަ ހަދަން ފޫހިވާ ސަބަބަކީ އެ ހަދާ ހަނޑުލު ގުޅަ މުރަނަ ނުވުމެވެ. ނަމަވެސް ދެން އެކަމާ މެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މި ގޮތަށް ހަނޑުލު ގުޅަ ހަދާލީމާ ޔަގީނުންވެސް މުރަނަ ވާނެއެވެ.

ފުށްގަނޑު ތައްޔާރުކުރުން

ބޭނުންވާ ތަކެތި

3/4 1 ޖޯޑު ހަނޑޫ (ފެނުއަޅައި މަޑުކޮށް، ހިމުންކޮށް މުގުރާފަ)

1 ސައިސަމުސާ ލޮނު

1/3 ޖޯޑު ތެޔޮ

ފެން

ތައްޔާރުކުރާނެ ގޮތް:

1. ތަށްޓެއްގައި ހަނޑުލާއި ލޮނާއި ތެޔޮ ފޮދު އެއްކޮށްލާށެވެ.

2. ދެން މަޑުމަޑުން ފެންފޮދު އަޅަމުން ފުށްގަނޑު މޮޑެން ފަށާށެވެ. މާ ދިޔާ ނުކުރާށެވެ.

3. މޮޑުނު ފުށްގަނޑުން ވަށްކޮށް ގުޅަ ހަދާލާށެވެ. ގާތް ގަނޑަކަށް 20 ގުޅަ ހެދޭނެއެވެ.

މަސްގަނޑު ތައްޔާރު ކުރުން

ބޭނުންވާ ތަކެތި:

1 ފިޔާ (ތުނިކޮށް ކޮށާފައި)

1/2 ޖޯޑު ހުނި

1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު

1/4 ސައި ސަމުސާ ލޮނު (ނޫނީ ރަހަލާ ވަރަށް)

1 ލުނބޯ

1 މަސްދަޅު

1/4 ސައިސަމުސާ ރީނދޫ

ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

ހިކަނދިފަތް (ތުނިކޮށް ކޮށާފައި)

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

1) ބޯތަށްޓަކަށް ފިޔާއާއި، އިނގުރާއި، ލޮނާއި، އަޅާފައި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑޭށެވެ.

2) ދެން ހިކަނދިފަތާއި، ގިތެޔޮމިރުހާއި، މަސްދަޅާއި، ރީނދޫކޮޅުވެސް އެއަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މޮޑެލާނީއެވެ. އެއަށްފަހު ހުނި ކޮޅު އަޅާލައިގެންވެސް ރަނގަޅަށް މޮޑެލާށެވެ.

3) ދެން މޮޑުނު މަސްގަނޑުންވެސް 20 ގުޅަ ޖަހާލާށެވެ.

4) އެއަށްފަހު ފުށް ގުޅަ ފަތާ ކޮށްލުމަށްފަހު އޭގެ ތެރެއަށް މަސްހުނި ގުޅައެއް ލުމަށްފަހު މަސްގަނޑުގެ ވަށައިގެން ފުށްގަނޑު ލައްޕާލާށެވެ. ދެން މަޑުމަޑުން ވަށްކޮށްގުޅަ ޖަހާލުމަށްފަހު ދެ އަތުން އޮމާން ކޮށްލާށެވެ.

5) ދެން ތާހަށް ތެޔޮ އެޅުމަށްފަހު، ތެޔޮ ރަނގަޅަށް ހޫނު ވުމުން ގުޅަ ތެލުލަން އަޅާލާށެވެ. ތެލުލަން އަޅާލާ ވަގުތު ގިނި ބަހައްޓަންވާނީ އާދައިގެ ވަރަކަށް ގަދަކޮށެވެ. ގާތް ގަނޑަކަށް 30 ސުކުންތު ވަންދެން ގަދަ ގިނީގައި އުނދުން ބެހެއްޓުމަށްފަހު، ގުޅަ ކޮޅު ހަލުވާލާށެވެ. ދެން ގިނި މަޑު ކޮށްލާށެވެ. މަޑު ގިނީގައި ހަލުވަމުން ގުޅަ ތެލު ލާށެވެ. ގުޅަ ރަންމުށި ކުލަ އެރުމުން، ގިނި ގަދަކޮށްލުމަށްފަހު އަވަހަށް ގުޅަކޮޅު ތެޔޮފޮދުން ނަގާށެވެ. މި ގޮތަށް ބާކީ ގުޅަވެސް ތެލުލާށެވެ. އެއްފަހަރާ މާ ގިނަ ގުޅަ ނާޅަން ސަމާލުވާންވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...