N/A
N/A
ހަބަރު 24 Dec 2019 | 10:49

އަދުހަމް ފޭރެން މަސައްކަތްކުރީ މަސްތުވާތަކެއްޗަށް ފައިސާ ހޯދަން: ފުލުހުން

ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ ކަނީރުމާގެ، ގާސިމު ހަސަން 59، މަރާލީ އަދުހަމް މުހައްމަދު އޭނާ މަރާލީ މަސްތުވާތަކެއްޗާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާނެ ފައިސާ ހޯދުމަށް ފޭރެން މަސައްކަތް ކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ގާސިމް މަރާލި ކަމަށް އިއުތިރާފުވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ޓެކްސީއަށް އެރީ އެއާޕޯޓުން ޓެކްސީ ކިޔޫއިން ކަމަށެވެ. ޓެކްސީއަށް އެރުމުގެ ކުރިން އޭނާ ބަލާފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ފުލުހުން ބުންޏެވެ.

ޓެކްސީއަށް އރުމަށްފަހު ހުޅުމާލެ ހާފްވެއާ ހައުސްއަށް ގެންގޮސް ދިނުމަށް އެދުމުން، އެތަނަށް ގެންގޮސް ދިނުމުން އެވަގުތު އޭނާއަތުގައި އެތަނުގެ ކާޑު ނެތް ކަމަށާއި ކާޑު ބަލައި އެހެން ތަނަކަށް ދިއުމަށް އަދުހަމް އެދުނު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވުމަށްފަހު، 20:54 ހާއިރު، އަނބުރާ ހާފުވެއާ ހައުސް އަށް ގެންގޮސް ދިނުމަށް އަދުހަމް އެދުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާފުވެއާ ހައުސް އަށް ދިއުމަށް ނިންމީ އެސަރަހައްދަކީ އަނދިރި ހިސާބަކަށް ވުމުން ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ހާފުވެއާ ހައުސް އަށް ދެވަނަ ފަހަރަށް ގޮސް ގޯޅި އަޅާން އުމުނު ވަގުތު އަދުހަމްގެ ޖީބުގައި އޮތް ވަޅި، ކަނާތުން ނެގުމަށްފަހު، ވައަތުން ގާސިމުގެ ކަރާއި ދިމާކޮށް، ބިރުދެއްކި ކަމަށާއި އެވަގުތު ގާސިމް ޓެކްސީގެ ދޮރުހުޅުވައި، ހަޅޭއްލަވަމުން ދާތީ އެ އަޑު ކަނޑުވައިލުމަށް ގާސިމުގެ ކަރަށް ހަރާލީ ކަމަށް އަދުހަމް އިއުތިރާފުވެފައިވާކަމަށެވެ. ވަޅީ ހަރާފައިވަނީ އެއް ފަހަރު ކަމަށް ފުލުހުން ބުންޏެވެ.

އެވަގުތު ގާސިމު ސަލާމަތްވުމަށް ކުރި މަސައްކަތުގައި ދެއަތުން ވަޅީގައި ހިފުމުގެ ސަބަބުން ދެ އަތް ޒަހަމްވެފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަދުހަމް އެވަގުތު އެސަރަހައްދުގެ ވަލުތެރެއަށް ވަދެ، ލައިގެން ހުރި ގަމީސް ބަދަލު ކުރުމަށްފަހު މާލެ ދިޔަކަމަށާއި ގަމީހަކީ މީހަކު ދިން ގަމީހެއް ކަމަށެވެ. އަދި ވަޅި ހޯދީ މަސްކަނޑަން ކަމަށްބުނެ ގެޔަކުން ކަމަށާއި އެކަމުގައި އެއްވެސް މީހެއްގެ ބ ައިވެރިވުމެއް އޮތްކަމަށް ތަހުގީގަށް އެނގިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އަދުހަމް މުހައްމަދު، މި މައްސަލައިގައި އިއުތިރާފުވެފައި ވީ ނަމަވެސް، މައްސަލަ ބިނާ ކުރާނީ އެ އިއުތިރާފު މައްޗަށް އެކަނި ނޫން ކަމަށާއި ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ. އެ ގޮތުން މިހާ ތަނަށް އައި އިރު، ހުޅުމާލެ، މާލެ، އަދި ހުޅުލެ ހިމެނޭ ގޮތުން 67 ތަނަކުން، 103 ފުޓޭޖެއް ބަލާފައިވާ ކަމަށާއި އިތުރު ފުޓޭޖު ހޯދައި ބެލުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ފުލުހުން ބުނެ އެވެ.

އަދި އެމައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަނިޔާވެރި ގޮތަކަށް ޒަހަމްކޮށްލާފައި ވަނިކޮށް، ގާސިމް ފެނިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:00 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...