މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަގެންގުޅެން: ނިޔާޒު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމާއި މެދު ވިސްނަވަމުންދާކަަމަށް ކުރީގެ އޮޑިޓަރ ޖެެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ އެމަނިކުފާާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނިޔާޒް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގދ.ތިނަދޫގެ ދެ ދާއިރާގެ ތެރެއިން އެއް ދާއިރާއަށް ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަމުން ގެންދަވާކަމަށެވެ. އެ މަނިކުފާނަކީ ގދ.ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ނިޔާޒް މިހެން ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ތާއިދުކޮށް ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. ދާދި ފަހަކާއި ޖެހެންދެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަވަށްޓެރި ސްރީލަންކާގައެވެ.
ކުއްލި ގޮތަކަށް އެމަނިކުފާނު ސްރީލަންކާއަށް ދިރިއުޅުން ބަދަލުކުރައްވަން ޖެހިވަޑައިގެންނެވީ އަލްޖަޒީރާއިން ދެއްކި ސްޓީލިންގް ޕެރެޑައިސް ޑޮކިއުމެންޓްރީގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން، ހައްޔަރުކުރެވިދާނެ ކަމަށް ގަބޫލުކުރެވިގެންކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް